ޚަބަރު

ރައީސް ޔާމީން ފުލުހުންނާއި ބައްދަލުކުރައްވައިފި




 


ސަރުކާރުން ފުލުހުންގެ ތަރައްޤީއަށް އެންމެ ބޮޑުއިސްކަމެއް ދީގެން ކުރިއަށްގެންދާނީ މާލެއާއި އަތޮޅުތަކުގައި ތިބި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ.


 
 


މިއަދު އިސްކަންދަރު ކޮށްޓަށް ވަޑައިގެން ފުލުހުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ފެށޭނެކަމަށާ، މިކަމަކީ ފުލުހުންގެ މުއައްސަސާ މިނިވަންކަމާއެކު ހިންގުމަށް އިތުރަށް ބާރު ލިބިގެންދާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ މަސައްކަތާ ގުޅޭ ޤާނޫނުތައް ފާސްކުރަން މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ވަރަށްބޮޑު އިސްކަމެއްދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެކަމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ގިނަމަސައްކަތްތަކެއް ކައިރި މުސްތަޤްބަލެއްގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.