ޚަބަރު

އާއިލާއަށް ފިލައިގެން އުޅުނު 14 އަހަރުގެ ކުއްޖާ 6 ދުވަސް ފަހުން ފެނިއްޖެ
 


އާއިލާއަށް ފިލައިގެން އުޅުނު 14 އަހަރުގެ އަންހެން ކުއްޖަކު ބެލެނިވެރިންގެ އެދުމުގެ މަތިން ފުލުހުން ހޯދައިފިއެވެ.


 
މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ 12:10 ހާއިރު ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯރޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ގ.ހުރަސްފަރު ޔަޝްފާ އަޙްމަދު (14އ) ފެނިފައިވަނީ މިއަދު މަޖީދީ މަގުން ހިނގާފަ ދަނިކޮށެވެ.


 


އާއިލާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތުދިން ގޮތުގައި ޔަޝްފާ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ ގ. ހުރަސްފަރު ގެއިން ކަމަށާއި އޭނާ ގެއިން ނިކުމެގެން ދިޔައިރު ލައިގެން ހުރީ ސްކޫލް ޔުނީފޯމް ކަމަށެވެ. އާއިލާއަށް ފިލައިގެން އުޅޭތީ ހޯދަމުންދިޔަ ޔަޝްފާ އަކީ އެތަށް ފަހަރެއްގެ މަތިން އާއިލާއަށް ފިލުމުގެ ސަބަބުން ހޯދަން އިޢުލާން ކޮށްފައިވާ ކުއްޖެކެވެ.