ޚަބަރު

ކަނޑުމަތީގެ ހާދިސާތަކާ ގުޅޭ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފި
 


ކަނޑުމަތީގެ ހާދިސާތަކާ ގުޅޭ ތަމްރީންތަކެއް އެމްއެންޑީއެފް ސަދަން އޭރިޔާގައި ކުރިއަށް ގެންގޮސްފިއެވެ.


 
ކަނޑާ ވައިގެ މަގުން ކުރިއަށްގެންދިޔަ މި ފަރިތަ ކުރުމުގައި ބަލާފައިވަނީ އުޅަނދެއްގައި ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހަކު ހޯދާ އޭނާ ސަލާމަތް ކުރާނެ ގޮތާގުޅޭ ގޮތުންނެވެ.


 
މި ތަމްރީނަކީ ސަދަން އޭރިޔާގެ ސަރަހައްދުގައިވެސް ބައެއް ފަހަރު ކުދި ކުދި އުޅަނދުތައް ހާލުގައި ޖެހި އެފަދަ ހާދިސާތައް ހިނގަމުންދާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދެވުނު ޕްރޮގްރާމެއްކަމަށް ސަދަން ކޮމާންޑުން މައުލޫމާތުދެއެވެ.


އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިތަމްރީނުގައި އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޯސްޓްގާޑް ސިފައިންނާއި، ކޯސްޓްގާޑް ޝިޕް ހުރަވީ، އަދި ހެލިކޮޕްޓަރ ވަނީ ބޭނުންކޮށްފައެވެ.


 
 


އެމްއެންޑީއެފުން ބުނީ މިފަދަ ތަފާތު އިތުރު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ސަދަން އޭރިޔާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.