ޚަބަރު

ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފި
 


ކެޕިޓަލް މާކެޓާ ގުޅުންހުރި ކަންކަމުގައި ސީ.އެމް.ޑީ.އޭ އަށް ބޭނުންވާ ޝަރީޢާއާ ގުޅުންހުރި ކަންކަމުގައި ލަފާ ދިނުމަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ.


 
އެ ކައުންސިލަށް އައްޔަންކުރެވުނު ހަތަރު މެމްބަރުންނަކީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ، ޑރ. އާއިޝަތު މުނީޒާ، ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް އަދި އަލްއުސްތާޛާ އަނާރާ ނައީމެވެ. މީގެއިތުރުން ސީ.އެމް.ޑީ.އޭ އިން ވަނީ ޝަރީއާ އެޑްވައިޒަރުން ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދުގެ ދަށުން އިސްލާމިކް ކެޕިޓަލް މާކެޓްގެ ޕްރޮޑަކްޓްސްތަކަށް ބޭނުންވާ ލަފާ ދިނުމަށް ޝަރީއާ އެޑްވައިޒަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށާފައެވެ.


 
އެގޮތުން މި ރަޖިސްޓްރޭޝަން އެންމެ ފުރަތަމަ ދޫކޮށްފައިވަނީ ޑރ. އާއިޝަތު މުނީޒާ އަށެވެ. ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓް މެދުވެރިކޮށް ސްކޫކް ދޫކުރުމަށް އެދޭ ފަރާތްތަކުން، އެތޯރިޓީގައި ރަޖިސްޓަރކޮށްފައިވާ ޝަރީއާ އެޑްވައިޒަރެއް އައްޔަންކުރުން ސީ.އެމް.ޑީ.އޭގެ ސުކޫކް ދޫކުރުމާއިބެހޭ ގަވާއިދުގައި ލާޒިމް ކުރެއެވެ.


 
 


ސީ.އެމް.ޑީ.އޭ އިން މައުލޫމާތުދޭ ގޮތުގައި ސްކޫކް ދޫކުރާ ފަރާތަށް ސްކޫކް އޮނިގަނޑު އެކުލަވައިލުން ހިމެނޭ ގޮތަށް، ސްކޫކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަކީ ޝަރީއާ އެޑްވައިޒަރުގެ ޒިންމާ ކަމަށެވެ.