ސިޔާސީ

ޤައުމާއިގެން ކުރިއަށް ކޯލިޝަނުގެ ޢިޖްތިމާއީ ސިޔާސަތު ހާމަކުރަނީ

ޤައުމާއިގެން ކުރިއަށް ކޯލިޝަންގެ އިޖުތިމާއީ ސިޔާސަތު މިރޭ ހާމަކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. ކޯލިޝަންގެ ފަރާތުން ޑީ.އާރު.ޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯކްސް ޕާސަން އަބްދުއްރަޝިދު ނާފިޒް ވިދާޅުވީ، އިޖްތިމާއީ ސިޔާސަތު ލޯންޗުކޮށް ދެއްވާނީ، އެކަމަށްޓަކައި މިރޭ ކ. ތުލުސްދޫގައިބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އެކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަމަށް އިއުލާން ކުރައްވާފައިވާ ރައީސް ޑރ. މުޙައްމަދު ވަހީދުކަމަށެވެ. މީގެ އިތުރުން ނާފިޒް ވިދާޅުވީ، މިރޭ އެ ކޯލިޝަނުން ހާމަކުރާ އިޖުތިމާއީ ސިޔާސަތަކީ މިހާތަނަށް އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ހާމަކޮށްފައި ނުވާފަދަ މޮޅު ސިޔާސަތެއްކަމަށެވެ. މިއީ އެކޯލިޝަނުގެ ހަތަރުވަނަ ސިޔާސަތުކަންވެސް ނާފިޒް ފާހަގަކުރެއްވިއެވެ.