ދުނިޔެ

ޕެޝާވަރުގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި 9 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގައި މިއަދު ދިން ކާރު ބޮމުގެ ޙަމަލާއެއްގައި ނުވަ މީހުން މަރުވެއްޖެއެވެ.


ގަރާޖެއްގެ ކުރިމަތީގައި ޕާކްކޮށްފައި އޮތް އުޅަނދެއްގައި ގޮއްވާލި  މިބޮމުގެ ޙާދިސާގައި، އެގާރަ މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ޒަޚަމްވީ މީހުންގެ ތެރެއިން ތިން މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް އޮފިޝަލުން ބުނެއެވެ.


 
މި ޙަމަލާގައި ގަރާޖް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެ ޞަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުވެސް އަދާ ހުލިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.


 
 މިޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.


ނަމަވެސް ޕާކިސްތާން ފުލުހުން ތުހުމަތު ކުރަނީ މި ހަމަލާ ދީފައިވަނީ ޠާލިބާން ހަނގުރާމަވެރިންކަމަށެވެ.