ޚަބަރު

ޔޫއެންޑީޕީގެ އެހީގައި މީދޫ ދަނޑުވެރިންނަށް ގަސްހަދިޔާ ކުރަނީ

 


 


ޔޫއެންޑީޕީގެ އެހީގައި އައްޑޫސިޓީގެ މީދޫ ދަނޑުވެރިންނަށް ގަސްހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މީދޫ ޗޭނު ޖަމިއްޔާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޔޫއެންޑީޕީގެ އެޗްޓީޕީ ޕްރޮގްރާމްގެ ދަށުން ފަންޑު ލިބިގެން ކުރިއަށްގެންދާ ޕޮރޮގްރާމެކެވެ.


 
މި ޕްރޮގްރާމްގެ ދަށުން މީދޫގެ ހުރިހާ ގެތަކަށް ފައިދާހުރި ތަފާތު ބާވަތުގެ ގަސް ހަދިޔާކުރަމުންދާކަމަށާއި، އޭގެ އިތުރުން ފާހަގަކޮށްލެވޭ  10 ދަނޑުވެރިންނަށާއި ގޭގައި ގަސް އިންދައި ހައްދާ 10 ފަރާތެއް ފާހަގަކޮށް އެފަރާތްތަކަށްވެސް ގަސް ހަދިޔާކުރަމުންދާކަމަށް މީދޫ ޗޭނު ޖަމިއްޔާއިން މައުލޫމާތުދެއެވެ. މި ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަގަސް މިހާތަނަށް މީދޫގެ ގޭގެއަށް ވަނީ ހަދިޔާކޮށްފައެވެ.


 


މީދު އެކުވެރިންގެ ޗޭނަކީ މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ގޮތުން މިޖަމިއްޔާއިން ޔޫއެންޑީޕީގެ އެހީގައި އޮޓޯ ޕޮޓް ޕްރޮޖެކްޓެއްވެސް ކާމިޔާބު ކަމާއެކު ދަނީ ހިންގަމުންނެވެ. މިޖަމިއްޔާއަށް 3 އަހަރު ފުރިފައިވާއިރު މިފަދަ ބޮޑު 3 ޕްރޮޖެކްޓް ހިންގާފައިވާކަމަށް އެޖަމިއްޔާގެ އިންތިޒާމް ސެކެރެޓަރީ ރަޝީދާ މައުލޫމާތުދެއްވިއެވެ.