ސިޔާސީ

ކޮންގްރެސްގެ އަޣްލަބިއްޔަތުން ޕާޓީގެ ލީޑަރުކަމަށް ޤާސިމްޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމް އެޕާޓީގެ ކޮންގްރެސްގެ އަޣުލަބިއްޔަތުން ހޮވައިފި. މިއަދު ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެލިގޭޓުން ބައިވެރިވެފައިވޭ. ލީޑަރުކަމުގެ އިތުރުން 4 ނައިބު ލީޑަރުންގެ މަގާމަށްވެސް މިކޮންގްރެސްގައި ބޭފުޅުންވަނީ ހޮއްވަވާފައި. ނުވަ ބޭފުޅުން ނައިބު ލީޑަރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު މި މަގާމަށް ހޮވިވަޑައިގެންފައިވާ ހަތަރު ބޭފުޅުންނަކީ އިލްހާމް ހުސެއިންއާއި، ޑރ. އިބްރާހިމް ދީދީއާއި، އަމީން އިބްރާހިމް އަދި ޑރ. ހުސައިން ރަޝީދު ކަމަށް މިއަދު ބޭއްވި ކޮންގްރެސްގައި ވަނީ އިއުލާންކޮށްފައި.ދިވެހި