ވިޔަފާރި

އައްޑޫން ޕެޓްރޯލާ ޑީސަލް ވިއްކުން ކޮންޓްރޯލްކޮށްފި

 


 
އައްޑޫން ޕެޓްރޯލާ ޑީސަލް ވިއްކުން ކޮންޓްރޯލްކޮށްފިއެވެ. ފިއުލް ސަޕްލައި މެދުވެރިކޮށް އައްޑޫގައި ވިއްކަމުންދާ ޕެޓްރޯލާ ޑީސަލް ކޮންޓްރޯލްކޮށްފައިވަނީ ޕެޓްރޯލާ ޑީސަލްގެ ސްޓޮކް ހުސްވާންކައިރިވުމާއި ގުޅިގެންކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން މައުލޫމާތުދިނެވެ.


 
އެގޮތުން މިހާރު ސައިކަލަކަށް އަޅައިދެނީ 20 ރުފިޔާގެ ޕެޓްރޯލްކަމަށާއި، ކާރަކަށް އަޅައިދެނީ 100 ރުފިޔާގެ ޕެޓްރޯލްކަމަށްވެސް ގަމުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް އޮފީހުން މައުލޫމާތުދެއެވެ. ތެޔޮ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ވަގުތެއްގައި އައްޑުއަށް ފޯރާނެކަމަށާއި، އެހެންކަމުން މާދަމާއިން ފެށިގެން ތެލުގެ ކޮންޓްރޯލް ދޫކޮށްލާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.މިފަހަރު ތެލުގެ ޝިޕްމަންޓް ލަސްވީ ރާއްޖެއިން ބޭރުން ތެޔޮބަރުކޮށްގެން އަންނަ ބޯޓްގެ ދަތުރު ލަސްވުމާ ގުޅިގެންކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.


 
 


ގަމުގައި ހުންނަ އެސްޓީއޯގެ ފިއުލް ސަޕްލައި އިން ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކިނަމަވެސް އައްޑޫގެ އާންމު ބައެއް ތެޔޮޝެޑްތަކުން މިހާރު އެއްގޮތަކަށްވެސް ތެޔޮ ނުލިބޭކަމަށް އައްޑޫގައި ހުރި އެމްބީސީގެ ރިޕޯޓަރ ބުނެއެވެ.