ދުނިޔެ

ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 482މީހުން މަރުވެއްޖެ




ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ސޫރިޔާގައި ހަރަކާތްތެރިވާ އަލްޤައިދާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާޢަތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 482 މީހުން މަރުވެފައިވާ ކަމަށް ސޫރިޔާގެ އެކްޓިވިސްޓް ޖަމާޢަތްތަކުން ހާމަކޮށްފިއެވެ.


 
ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބަޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ މިކުރިމަތިލުންތަކުގައި މިހާތަނަށް 85 އާއްމުންނާ، 240 އިދިކޮޅު ހަނގުރާމަވެރިންނާ 157 އަލްޤައިދާ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ.


މީގެ އިތުރުން، އަލްޤައިދާ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އިދިކޮޅު ހަނގުރާމަވެރިންގެ 42 މީހުން މަރާލާފައިވާ ކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީ އިން މަޢުލޫމާތުދެއެވެ.