ދުނިޔެ

އިރާޤުގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގައި 19 މީހުން މަރުވެއްޖެ

 


 


އިރާޤުގެ ވެރިރަށް ބަޣްދާދުގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގައި 19 މީހުން މަރުވެއްޖެއެވެ.


 
މި ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އިއްޔެގެ ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާ ދީފައިވަނީ ބަޣްދާދުގެ އުތުރުގައި އޮންނަ ޝީޢީން އުޅޭ ޝާބް ޑިސްޓްރިކްޓްގައެވެ. ޝާބް ޑިސްޓްރިކްޓްގައި ދިން ކާރު ބޮމުގެ ދެ ހަމަލާގައި 9 މީހުން މަރުވެ އިތުރު 25 މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


 
އާދިއްތަ ދުވަހު އިރާޤުގައި ދިން ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ވޭތުވެދިޔަ 2013 ވަނަ އަހަރަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އިރާޤުގައި އެންމެ ގިނަ ހަމަލާތައް ދީފައިވާ އަހަރުއެވެ. މިދިޔަ އަހަރު އިރާޤުގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި 8 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދން މަޢުލޫމާތުދެއެވެ. މީގެ ތެރެއިން 7 ހާހަށް ވުރެ ގިނަ މީހުންނަކީ އިރާޤުގެ އާއްމުން ކަމަށް ޚަބަރު ލިބެއެވެ.