ޚަބަރު

ޔުކްރެއިންގައި ކުރަމުންދާ މުޒާހަރާތަކާއިމެދު އ.ދން ކަންބޮޑުވުން ފާޅުކޮށްފި

 


ޔުކްރެއިންގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާމެދު އ.ދން ކަންބޮޑުވުން ފާޅުކޮށްފިއެވެ.


 
އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަންގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ، ޔުކްރެއިންގެ ވެރިރަށް ކިއެވްގައި ކުރަމުންދާ މުޒާހަރާތައް ގާތުން ބަލަމުންދާ ކަމަށެވެ.


 
އަދި މިމުޒާހަރާތަކުގައި ޔުކްރެއިންގެ ރަޔަޓް ފުލުހުން ބާރުގެ ބޭނުން ކުރުމާ އެއްވެ ތިބި މީހުން ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ރިޕޯޓްތައް ލިބޭތީ އެކަމާ އ.ދން ކަން ބޮޑުވާ ކަމަށް ޝަމްދަސާނީ ވިދާޅުވިއެވެ.


 
އޭނާ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ކިއެވްގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައި ވާ ބައެއް ހޯދުމަށް އިންސާފުވެރި ތަހްޤީޤެއް ކުރުމަށް ޔުކްރެއިންގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.


 
 


އަދި ޔުކްރެއިންގެ ސިޔާސީ މައްސަލަތަކަށް މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުމަށް ވެސް ޝަމްދަސާނީ ގޮވާލެއްވިއެވެ.