ޚަބަރު

2011ވަނަ އަހަރުގެ ސާކް ޔޫތް ސްކީމް އެވޯޑް ރާއްޖޭގެ ޒުވާނަކަށް ލިބިއްޖެ

 


 


ދެހާސް އެގާރަވަނަ އަހަރުގެ ސާކް ޔޫތް ސްކީމް އެވޯޑް ރާއްޖޭގެ ޒުވާނެއްކަމުގައިވާ ފަސީން ރާފިއުއަށް އަރުވައިފިއެވެ.


 
ކޮންމެ އަހަރަކުވެސް ސާރކް ޗާރޓާސް ޑޭގައި ސާކުން ދެމުން އަންނަ މި އެވޯޑް މިދިޔަ އަހަރުވެސް ލިބިފައިވަނީ ރާއްޖޭގެ ޒުވާނަކަށެވެ. މި އެވޯޑަކީ ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ޒުވާނުންގެ ތައުލީމާ މަސައްކަތުގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ދެހާސް އެގާރަވަނަ އަހަރުގެ މި އެވޯޑަށް ސާކް ގައުމުތަކުން ޖުމްލަ 19 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. ނަމަވެސް ޖަޖުންގެ ކްރިޓީރިއާތަކަށް ބެލުމަށްފަހު 2011 ވަނަ އަހަރުގެ މި އެވޯޑް ލިބިފައިވަނީ ފަސީން ރާފިއުއަށެވެ. މި އެވޯޑާއެކި ފަސީންއަށްވަނީ ތިން ހާސް ޑޮލަރާއި ގޯލްޑް މެޑެލެއްގެ އިތުރުން ހާއްސަ ސެޓްފިކެޓްއެއް ލިބިފައެވެ. ފަސީންއަށް މި އެވޯޑް ލިބިފައިވަނީ ޑަރްގް އެބިއުސްއާއި ރިހިބިލިޓޭޝަން ފޯ ޑްރަގް އެޑިކްޓްސްއަށް އޭނާ ރާއްޖޭގައި ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބެލުމަށްފަހުއެވެ.


 
 


ސާކްގެ 29 ވަނަ ޗާރޓަރ ދުވަހު ނެރުއްވި ބަޔާނެއްގައި ސާކްގެ ސެކެޓްރީ ޖެނެރަލްވަނީ މިދުވަހުގެ ތަހުނިޔާ ސާރކްގެ ގައުމުގެތަކުގެ އިސްވެރިންނަށް ފޮނުއްވާފައެވެ. ސާކްގެ ގައުމުތަކުގެ މެދުގައި ބާއްވާ އިންޓަރ ސަމިޓް ސެޝަން އޮފް ދި ސާކް ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ސަތާރައިން ވިއްސައް ރާއްޖޭގައި ބޭއްވުމަށް މިހާރު ނިންމާ ސާރކްގެ ހުރިހާ ގައުމަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވާނެކަމަށް ޔަޤީންކަން ލިބިފައިވާކަމަށްވެސް ސާކްގެ ސެކްރެޓަރީ ޖެނެރަލް އަހަމަދު ސަލީމް ނެރުއްވި ބަޔާނުގައިވަނީ ހާމަކޮށްފައިވެއެވެ. އެންމެ ފަހުން ސާކް ސަމިޓް ބާއްވާފައިވަނީ ދެހާސް އަގާރަވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގައެވެ.