ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

 


 


ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.


 
ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް މުޢާޒް ވިދާޅުވީ، ޕީ.ޖީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތި ލައްވާފައިވާ ފަސް ބޭފުޅުންނަކީ ޑެޕިއުޓީ ޕީޖީގެ މަޤާމުގައި މިހާރު ހުންނެވި ހެންވޭރު ހިޔާކަން ހުސެން ޝަމީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މ.ވައިނުޖެހޭގޭ މަރިޔަމް ޒުލްފާއާއި، ގާނޫނީ ވަކީލް ހެންވޭރު މީނާޒް މައުމޫން ހަމީދާއި، ޕީޖީގެ ސީނިއަރ ލޯޔަރެއް ކަމަށްވާ ދަފްތަރު 5514 އައިޝަތު ފަޒްނާ އަހުމަދު އަދި މއ. ބިންމާވިލާ އިސްމާއިލް ވަހީދު ކަމަށެވެ. މުއާޒު ވިދާޅުވީ އެނަންތައް ދިރާސާ ކުރުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ކުރަމުންދާ ކަމަށާއި، މިހަފްތާ ތެރޭގައި އެނަންތައް މަޖިލީހަށް ފޮނުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.


 
 


ޕީޖީގެ މަގާމު ހުސްވެފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި އަހުމަދު މުއިއްޒު އެމަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕީޖީގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހެއެވެ.