ވިޔަފާރި

މިއަހަރުގެ ދެވަނަ ނައިޓް މާރކެޓް އަންނަ މަހުގެ އެކަކުން ދިހައަކަށް

 


 


މިއަހަރު ބާއްވާ ދެވަނަ ނައިޓް މާރކެޓް އަންނަ މަހު އެކަކުން ދިހައަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ގޯ މީޑިއާއިން ހާމަކޮށްފިއެވެ.


 
ގޯ މީޑިއާގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އާމިރު ވިދާޅުވީ، މިފަހަރު ބާއްވާ ނައިޓް މަރކެޓްގައި ހަތަރު ސަތޭކަ ފަންސާސް މޭޒާއި، ފަސްދޮޅަސް ޓެންޓުގެ އިތުރުން ހަތަރު ކެފޭ ހުންނާނެ ކަމަށާއި، މިފަހަރުގެ ނައިޓް މާރކެޓް އޮންނާނީ އެންމެ ފަހުންވެސް ނައިޓް މަރކެޓް ބޭއްވި ސަރަހައްދުގައި ކަމަށެވެ.


 
އެހެން ފަހަރުތަކުގައި އޮންނަ ގޮތަށް، ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތެއް މިފަހަރުގެ ނައިޓް މަރކެޓް ހުޅުވިގެންދާއިރު ނޯންނާނެ ކަމަށްވެސް އިބްރާހިމް އާމިރު ވިދާޅުވިއެވެ.