ޚަބަރު

އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އާދަމް އާޒިމް ހަމަޖައްސައިފި

 


 


ސްޓޭޓް ޓްރޭޑިންގ އޮގްނައިޒޭޝަން، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝާހިދު އަލީ އެމަޤާމުން ވަކިކޮށް، އެސް.ޓީ.އޯގެ ސޭލްސް އެންޑް މާރކެޓިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އާދަމް އާޒިމް މިއަދު އެމަޤާމަށް ހަމަޖައްސައިފިއެވެ.


 
މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޕްރައިވެޓައިޒޭޝަން ބޯޓުން މިއަދު ހަމަޖެއްސި އާދަމް އާޒިމަކީ އާންމު ހިއްސާދާރުންގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައިވެސް ހިމެނިވަޑައިނަންނަވާ ބޭފުޅެކެވެ. އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ޝާހިދު ވަނީ ގާތްގަނޑަކަށް 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.


 
 


މީގެ އިތުރުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަން ކަމުގެ މަޤާމްވެސް ފުރުއްވަމުން ގެންދަވަނީ ޝާހިދެވެ.