ޚަބަރު

މަޖިލީހުގެ މުލަކު އަތޮޅުގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަނީ




 


ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައްޔިތުންގެ މަޖިލީހުގެ މުލަކު އަތޮޅުގެ މެމްބަރު  ޢަބްދުﷲ ޔާމީން ކާމިޔާބުކުރައްވާފައިވާތީ، އެގޮނޑި ހުސްވިކަން މަޖިލީހުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް އެންގުމާއެކު، އެދާއިރާގެ ބައި-އިލެކްޝަން ބޭއްވުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތަޢުފީޤް ވިދާޅުވެއްޖެއެވެ.


 
ސްޓެލްކޯގައި އިއްޔެ ކުރިއަށްދިޔަ ބައްދަލުކުރެއްވުމަކަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފުއާދް ވިދާޅުވީ، ގޮނޑި ހުސްވިކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އަންގާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވޭނެ ކަމަށެވެ.


 
 


މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމާ ގާތްވަމުންދާތީ، މިކަމުގައި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޓީމާ ވާހަކަ ދައްކަވަމުންދާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތަޢުފީޤް ވިދާޅުވިއެވެ.