ވިޔަފާރި

ސްރީލަންކާގެ ކޯ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފި - ސެންޓްރަލް ބޭންކު
 


ވޭތުވެދިޔަ މަސްތަކުގައި ސްރީލަންކާގެ ކޯ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ހާމަކޮށްފިއެވެ.


 
ކޯ އިންފްލޭޝަން ރޭޓަކީ ކުރު މުއްދަތެއްގެ ތެރޭގައި އަގުތަކަށް ބަދަލުއަންނަ އައިޓަމްތައް ނުހިމަނާ ހިސާބުކުރާ އަދަދެކެވެ. ނިމިދިޔަ އޮގަސްޓްމަހު ކޯ އިންފްލޭޝަން ރޭޓް ވަނީ ދެހާސް ހަތްވަނަ އަހަރަށް ފަހު ރެކޯޑް ކުރެވުނު އެއްމެ ދަށް އަދަދު ކަމުގައިވާ ދޭއް ޕޮއިންޓް ހަޔެއް އިންސައްތަ އަށް ވެއްޓިފައެވެ.


 
 


މިހާރު އެ ގައުމުގެ ޑޮމެސްޓިކް ޑިމާންޑާއި ސަޕްލައި ހުރި ގޮތުން މި އަހަރު ނިމެންދެން މި މިންވަރުގައި ކޯ އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ހުންނާނެ ކަމަށް ސެންޓްރަލް ބޭންކުން ލަފާ ކުރެއެވެ.