ދުނިޔެ

އުއްތަރު ޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކެއްގައި 3މީހުން މަރުވެއްޖެ




 


އިންޑިޔާގެ އުތުރު އުއްތަރު ޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ.


 
ޚަބަރު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ ރިޓަޔަރކޮށްފައިވާ އާމީ އޮފިސަރަކަށް އާއްމުންގެ މީހަކު ދިން ޙަމަލާއަކާ ގުޅިގެންނެވެ.


 


މި މައްސަލައިގައި އެސްޓޭޓްގެ މުޒައްފަރު އާބާދުގައި ހިނގި ކުރިމަތިލުންތަކުގައި މަރުވެފައިވަނީ އާމީ އޮފިސަރު ހިމާޔަތް ކުރަން އުޅުނު އާއްމުންގެ ބައެއް ކަމަށް ޚަބަރުލިބެއެވެ. ފަހަކަށް އައިސް އުއްތަރު ޕުރަދޭޝްގައި މިފަދަ ހަމަނުޖެހުންތަށް ހިންގަމުންދާތީ އެސްޓޭޓްގެ ޞަރަހައްދީ ސަރުކާރުން ވަނީ ބައެއް ޞަރަޙައްދުތަކުގައި ހަމަނުޖެހުން ހިންގުން މަނާ ކުރާ އަމުރެއް ނެރެފައެވެ.