ވިޔަފާރި

މިހާތަނަށް 18.9މިލިޔަން ރުފިޔާގެ ސަބްސިޑީ މަސްވެރިންނަށް ދެވިއްޖެ- ފިޝަރީޒް

މަސްވެރިންނަށް ދޫކުރާ ސަބްސިޑީގެ ތެރެއިން މިއަހަރު މިހާތަނަށް އަދި ދޫކުރެވިފައިވަނީ އަށާރަ ޕޮއިންޓް ނުވައެއް މިލިޔަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.


 
ފިޝަރީޒް މިނިސްޓަރގެ ނާއިބް އަލީ ސޯލިހް ވިދާޅުވީ، ރާއްޖޭގައި މަސްވެރިކަމަށް ބާރަސަތޭކަ ފަންސާހަށްވުރެ ގިނަ ދޯނިފަހަރު ރަޖިސްޓްރީކޮށްފައިވާއިރު މީގެތެރެއިން ބައެއް ދޯނިފަހަރުން ސަބްސިޑީއަށް އަދިވެސް އެދިފައިނުވާކަމަށެވެ.


 
ނަމަވެސް މަސްވެރިންނަށް ދޫކުރާ ސަބްސިޑީއަށް އެދުމުގެ ފުރުސަތު ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހާހަމައަށް އޮންނާނެކަމަށާއި ރަށްރަށުގެ ކައުންސިލުން މަސްވެރިންނަށް މިކަން އަންގައިދިނުން މުހިންމުކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.


 
 


އަލީ ސޯލިހް ވިދާޅުވީ، ސަބްސިޑީއަށް އެދި ހުޅައަޅާފޯމް ފުރިހަމަކުރާ ހުރިހާ ދޯނިފަހަރަށް ސަބްސިޑީ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.