ޑޮލަރުގެ އަގު އުފުލިގެން އުޅޭ މަންޒަރެއް ދެން ނުފެންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތާއެކު އިޤްތިޞާދު ވަރުގަދަވަމުން އަންނަކަމަށެވެ. އަދި ސަރުކާރުން އެޅުއްވި އިޤްތިޞާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓިފައިވާކަމަށެވެ. މީގެއިތުރުން ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށާއި، އިންވެސްޓަރުންގެ އިތުބާރުވެސް ބޮޑުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.